Last Updated: May 13, 11:48
Monday, May 13, 2024
ޚަބަރު

ދެކުނަށް ވައިޓް އެލާޓް ނެރެފި

އައްޑޫ ވެސް ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ވ. އަތޮޅުގެ ރަށްތަކުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނި ގޮތުގައި މި އެލާޓް ނެރެފައި ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 އާ ހަމައަށެވެ.

ވައިޓް އެލާޓްގައި ބުނީ ގޮތުން ގުގުރުމާ އެކު ބޯކޮށް ވިއްސާރަ ކުރާނެ އެވެ. އެހެންވެ މޫސުމަށް ސަމާލުވާން ޖެހެ އެވެ.

އައްޑު އަށް މި ވަގުތު ވާރޭ ނުވެހުނު ނަމަވެސް، އުޑުމަތި އޮތީ ބަރަށް ބަނަކޮށެވެ. އަދި ރޭ ދަންވަރު ކޮންމެވެސް ވަރަކަށް ވާރޭ ވެހުނެވެ.