Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ހައްޔަރު ކުރި މާބަނޑު އަންހެނަކަށް ޖަލުގައި ދަތިތަކެއް

އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ފުލުހުން ހައްޔަރުކުރި މާބަނޑު އަންހެނަކަށް ޖަލުގެ ކާނާ ނުކެވި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މުޒާހަރާ ތެރެއިން ހައްޔަރުކުރި ގއ. ވިލިނގިލި، އޮޅުތިލަގެ، ފާތިމަތު ނިޝްވާ ހައްޔަރުކޮށްގެން ދޫނިދޫ ޖަލަށް ގެންގޮސްފައިވާއިރު އޭނާ މާބަނޑު ހާލުގައި ހުރެ ޖަލުގައި އޭނާއަށް ލިބެމުންދާ ކާނާ ނުކެވުމާއި އިތުރު ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ދުވަސްވީ ސަޕޯޓަރު، ނައީމާ މޫސާ(ނައީމައްތަ) ވެސް ބަންދުކޮށްފައި ހުރި ގޮޅީގައި ނިޝްވާ ބަންދުކޮށްފައިވާއިރު ނައީމައްތައާ ހަވާލާދީ ވަކީލު ނާޒިމް ސައްތާރު ހާމަކޮށްފައިވާ ގޮތުގައި ނިޝްވާގެ ބަނޑަށް އެއް މަސް ވެފައިވާ ކަމަށާއި އޭނާގެ ކެއުމަށް ގެންނަ ކާއެއްޗެހި ނުކެވޭ ކަމަށެވެ.