Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ހިތަދޫ ކެމްޕަހުގެ ދަރިވަރުންގެ ޔުނިއަން އިފުތިތާހުކޮށްފި

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔުނިއަންގެ ގޮތްޕެއް، ހިތަދޫ ކެމްޕަހުގައި ގާއިމުކޮށް، އެ ގޮފީގެ ފުރަތަމަ ހިންގާ ކޮމިޓީގެ މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ހިތަދޫ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ހިތަދޫ ކެމްޕަހުގެ އެމްއެންޔޫއެސްޔޫ ގޮފީގެ މެންބަރުންނަށް މަގާމުގެ ލިޔުން ޙަވާލުކޮށް ދެއްވީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ޑރ. އަލީ އަދީލެވެ.

ހިތަދޫ ކެމްޕަހުގެ ދޮންދީނި ވިންގްގެ އެކްޒެކެޓިވް ކޮމިޓީގައި ހިމެނެނީ ރައީސް އަހުމަދު ނައީމް، ނައިބް ރައީސް ތާއިފް މަޖީދާއި އައިޝަތު ޝަރާ، ސެކްރެޓަރީ އައިމިނަތު ޒުހާ، ޓްރެޝަރާ އިބްރާހީމް މިސްބާހް ޝަރީފް އަދި މީޑިއާ ކޯޑިނޭޓަރު ފާތުމަތު އަމީރާ އޮސްމަނެޖިކް އެވެ.