Last Updated: May 17, 10:57
Friday, May 17, 2024
ޚަބަރު

ހިތަދޫން ކަރަންޓް ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވެގެން: ފެނަކަ

ހިތަދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަނީ.

އައްޑޫ ސިޓީ ހިތަދޫން މިރޭ ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވަނީ މައި ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ފެނަކަ އައްޑޫ އޮފީހުން ބުނެފިއެވެ.

'އައްޑޫލައިވް' އަށް ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހިތަދޫން ކަރަންޓު ކެނޑިފައި ވަނީ މަގު ކޮނުމުގެ ތެރޭގައި ހިތަދޫ މޫލެކެނޑެ ސަރަހައްދުން މައި ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.

ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން މުޅި ހިތަދޫން މީގެ ބައިގަޑިއެއްހާ ކުރިން ކަރަންޓް ދިޔަ ނަމަވެސް، މިހާރު ރަށުގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓް ދީފަ އެވެ. ނަމަވެސް ކޭބަލަށް ގެއްލުންވި މޫލެކެޑެ ސަަރަހައްދުގައި އެއްވެސް ވަރަކަށް ކަރަންޓެއް ނެތެވެ.

ފެނަކައިން ބުނީ ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮންނަމުން ދަނިކޮށް ގެއްލުން ލިބުނު ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކޭބަލް މަރާމާތު ކުރެވުނުހާ އަވަހަކަށް ކަރަންޓް ދޭނެ ކަމަށެވެ.