Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ފާރިސްގެ އަނބިކަބަލުން ވެސް މުޒާހަރާއަށް ނިކުންނަން ފަަށައިފި

ސަރުކާރު ވައްޓާލުމަށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އަނބިކަބަލުން މަރިޔަމް ލީޝިޔާ ރައޫފް އިދިކޮޅު މުޒާހަރާގެ ބައިވެރިންނާ އެކު މަގު މައްޗަށް ނިކުންނަވަން ފައްޓަވައިފި އެވެ.

ލީޝިޔާ ވަނީ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެންފަ އެވެ. މި މުޒާހަަރާގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އަނބިކަބަލުން މަރިޔަމް ރީމް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފުގެ އަނބިކަބަލުން ނަޒްރާ ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ މަޖްލިސް މެމްބަރުންނާއި ސިޔާސީ ފަރާތްތަކުގެ އަނބިކަބަލުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު ބޭއްވި މުޒާހަރާގައި ކާނަލް ނާޒިމްގެ އަނބިކަބަލުންނާއި އިމްރާންގެ އަނބިކަބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ވަނީ މި ދެ ބޭފުޅުންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައިފަ އެވެ.

ފާުރިސްގެ މައްޗަށް ކުރާ ޝަހުސު އޮޅުވައިލުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު އޮންނާނެ އެވެ.