Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ކަރަންޓް ނެތިގެން ކެމްޕަހުގެ ބައެއް ކްލާސްތައް ކެންސަލް

އެމްއެންޔޫ ހިތަދޫ ކެމްޕަސް. އައްޑޫލައިވް ފޮޓޯ: ނަރީޝް މޫސާ

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ(އެމްއެންޔޫ) ގެ ހިތަދޫ ކެމްޕަސް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމުގެ ސަބަބުން މިއަދު ހެނދުނުގެ ބައެއް ކްލާސްތައް ކެންސަލްކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 8:00 ގައި ފަށާގޮތަށް އޮތް ބެޗެލަރ އޮފް ނާސިންގެ ކްލާހެއް ވަނީ ކެންސަލް ކޮށްފައެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަސް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑުނު ނަމަވެސް ގިނައިރުތަކެއް ނުވެ އެސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.