Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ރައީސް ޔާމީން ދޫކޮށް ނުލާނަން: މުބީން

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން، ރައީސް ޔާމީން ދޫކުރައްވައި އިދިިކޮޅު ފަރާތްތަކާއި ގުޅެން އުޅޭ ކަމަށް ފެތުރެމުންދާ އަޑުތައް އޭނާ ދޮގުކުރައްވައިފިއެވެ.

މިސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީން ދޫކުރައްވައި އިދިކޮޅު ފަރާތްތަކާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދަނިކޮށް މުބީން ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ސާބިތުކަމާއެކު ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހާ މެދު ސަރުކާރުން ކަންތައް ކުރާ ގޮތާއި، އެހެނިހެންވެސް މިސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި، މުބީން ކޮޅު ބަދަލު ކުރައްވަން އުޅޭ ކަމަށް ވިދާޅުވެފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ) އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުހަންމާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާއި ޚިލާފު އަމަލުތައް ހިނގަމުން އަންނަ ކަމަށް މުބީން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުބީން މުހަންމާ އަރިހުގައި އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

މުބީން ދެކޭ ގޮތުގައި ދެންވެސް ގުޅޭނީ އިދިކޮޅު މެމްބަރުން ރައީސް ޔާމީނާއެވެ. އަދި މިހާރު އެމަނިކުފާނާއެކު ތިއްބެވި މެމްބަރުންވެސް ތިބީ ސާބިތުކަންމަތީގައި ކަމަށާއި އެއްވެސް މެމްބަރަކު ޕާޓީ ދޫނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.