Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް ފެނަކަ ޝަރީފު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަން އިތުބާރު ހުރު ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސްގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މީގެ ކުރިން ވެސް އިލެކްޝަންސްގައި މަސައްކަތް ކުރައްވާފައިވާ ޝަރީފް ވަނީ، ފެނަކަ މުވައްޒަފުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެހެން "އެސައިންމަންޓެއް" ލިބިފައިވާ ކަމުގެ އިޝާރާތެއް މީގެ ކުރިން ކުރައްވާފައެވެ.

އިލެކްޝަންސްގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ހުޅުވާލާފައިވަނީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.