Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެޗްއާރް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެ މީހަކަށް

އެޗްއާރު މޯލްޑިވްސް ގެ ފަރާތުން ބޭއްވި ފިފްޓީ މޯސްޓް ޓެލެންޓެޑް ލީޑާސް އެވްޑް ހަފުލާގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

ހިއުމަން ރިސޯސް (އެޗްއާރް) ގެ ދާއިރާއަށް ކޮށްފައިވާ ޚިދުމަތް ފާހަގަކޮށް ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިއްޖެއެވެ.

އެ އެވޯޑް ދީފައި ވަނީ އެޗްއާރު މޯލްޑިވްސް ގެ ފަރާތުން ބޭއްވި "ފިފްޓީ މޯސްޓް ޓެލެންޓެޑް ލީޑާސް އެވްޑް" ހަފުލާގެ ތެރެއިންނެވެ.

މި އެވޯޑަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އެގޮތުން މި ފަހަރުގެ އެވޯޑް ލިބިފައި ވަނީ ސިމްޑީ ގްރޫޕްގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ އަށާއި ފިހާޅޮހި މޯލްޑިވްސްގެ އެގްޒެކެޓިވް ހައުސްކީޕަރު ހުސެއިން ޝުކުރީއަށެވެ.

ޝުކުރީއަށް އެޗްއާރު ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިފައިވަނީ އެއް ކުންފުންޏެއްގައި އެއް ދާއިރާއަކަށް 25 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާތީއެވެ.

އެހަފުލާގައި ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 50 ފަރާތަކަށް ހިއުމަން ރިސޯސް އެވޯޑް ދީފައިވެއެވެ.

މިއީ އެޗްއާރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދިން ފުރަތަމަ ފަހަރެވެ.