Last Updated: March 29, 06:12
Friday, March 29, 2024
މުނިފޫހިފިލުވުން

"ފޭން ހާން" ގައި އަނިލް ވަރަށް ޒުވާންކޮށް ފެންނާނެ

އަނިލް ކަޕޫރްގު ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން "ފޭން ހާން" އަކި އޭނާ ތަފާތު ގޮތަކަށް ފެނިގެން ދާނެ ފިލްމެކެވެ. މި އަހަރުގެ ޖުލައި 13 ގައި ރިލީޒް ކުރާ ފިލްމްގެ ޝޫޓިން ވަނީ މިދިޔަ ޑިސެމްބަރު މަހު ނިންމާލައިގަ އެވެ.

"ފޭން ހާން" އާ ބެހޭ ގޮތުން މިހާރު އިވޭ އަޑުތަކަށް ބަލާ އިރު، ފިލްމްގައި އަނިލް ދެ ގޮތަކަށް ފެނިގެން ދާނެ އެވެ. އެއީ މިހާރު އޭނާ ހުރި އަސްލު އުމުރާއި އެންމެ 22 އަހަރުގެ ޒުވާނެއްގެ ގޮތުގަ އެވެ.

އަނިލް އަށް މިހާރު އަށް 61 އަހަރު ނަމަވެސް، ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައު އޭނާއަކީ މުސްކުޅިވުމެއް ނެތް ޒުވާނެކެވެ. އެހާ ވެސް އޭނާ ފެންނަލެއް މިހާރު ވެސް ޅަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ފޭން ހާން" ގައި އަނިލްގެ ޒުވާން އުމުރު ދައްކަން ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ފިލްމްގައި ހަދާފައިވެ އެވެ.

ނެޑަލަންޑްގެ ފިލްމް އެވްރިބަޑީ ފޭމަސް އަށް ބިނާކޮށް، އަތުލް މަންޖްރޭކަރު ޑައިރެކްޓް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި އައިޝްވާރިޔާ ރާއީ އަދި ރާޖްކުމާރް ރާއޯ ހިމެނެ އެވެ.

"ފޭން ހާން" އަކީ "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.