Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެއްކޮށް ކަރަންޓް ކެނޑިއްޖެ

މައްސަލަ ޖެހުނު ކޭބަލް އޮތް ސަރަހައްދު ކޮނެފައި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އެއްކޮށް ކަރަންޓު ކެނޑިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ހުރިހާ އިންޖީންތަކެއް ވަނީ ޝަޓް ޑައުންކޮށްފަ އެވެ.

އިންޖީންތައް ޝަޓްޑައުން ކުރީ ރޭ ކަރަންޓު ދިނުމަށް ބޭނުންކުރި ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ކޭބަލް މަރާމާތުގެ މަސައްކަތް ކުރަމުން ދަނިކޮށް ލޯޑު މަތިވެގެންނެވެ.

ފެނަކަ ކޯޕަރޭޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޑިރެކްޓަރ މުހައްމަދު އާސިމް ވިދާޅުވީ މައްސަލަ ޖެހުނު ކޭބަލް މަރާމާތުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށާއި ލަސްތަކެއް ނުވެ ކަރަންޓް ދޭން ފަށާނެކަމަށެވެ.

އާސިމް މިހެން ބުނެފައިވަނިކޮށް ހަވީރު 5 ޖެހި އިރު ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓް ދީފައެވެ.

ކޭބަލް ހަލާކުވެފައިވަނީ ނަރުދަމާ އެޅުމަށް ކޮންނަމުން ދަނިކޮށް ރޭ 11 ޖަހާކަށްހާ އިރުއެވެ. ކޭބަލް މައްސަލަ ޖެހުމާއި އެކު މުޅި ހިތަދޫން ވަނީ ކަރަންޓް ގަޑިއެއްހާއިރަށް ކެނޑިފައެވެ.