Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ޝަމީމާއި އަލީގެ ބަޔާން ސުޕުރީމް ކޯޓުން ނަގައިފި

ހުސެއިން ޝަމީމް އަދި އަލީ ހުސެއިން، ފޮޓޯ: ވީއެފްޕީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން އާއި ރައީސް ވަކީލް ހުސެއިން ޝަމީމް ސުޕުރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

ސުޕުރީމް ކޯޓަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން މީޑިއާ އާއި ބައްދަލު ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ދެ ބޭފުޅުން ސުޕުރީމް ކޯޓަށް ހާޒިރު ކުރީ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ކަމަށެވެ.

އަލީ ވިދާޅުވީ އެ ދެ ބޭފުޅުން ހާޒިރުކުރީ ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމުގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނާ މައްސަލައިގެ ބަޔާން ނެގުމަށްކަމަށެވެ.

ހުސެއިން ޝަމީމް ވިދާޅުވީ ސުޕުރީމް ކޯޓުގެ އަމުރާއި މެދު ސުވާލު ނުއުފައްދާ ކަމަށާއި އެހުކުމްތަކަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި މާނަ އޮޅޭފަދަ ގޮތެއް ވާނަމަ އެއީ އެބޭފުޅާގެ އުނިކަމެއް ކަމަށެވެ.