Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

އޭ ލެވެލްގެ ގަދަ 10 އަށް އިނާމު ދީފި

* ވަކިކަވި މާއްދާތަކުން ދުނިޔޭގެ 1 ވަނަ 6 ދަރިވަރަކު ވަނީ ހޯދާފައި
* ފަސް އޭ ސްޓާ އަށްވުރެ މަތިން ނަތީޖާ ހާސިލްކޮށްގެން އެޑްއެކްސްއެލްއިން ދޭ ހައި އެޗީވާ އެވޯޑް ހަތަރު ދަރިވަރަކު ހާސިލް ކުރި
* ގަދަ 10 އެއްގައި 187 ދަރިވަރަކު ހިމެނިފައިވޭ

އޭލެވެލް ގަދަ 10 އަކަށް އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު، ފޮޓޯ: އަވަސް

އެޑެކްސެލް އޭ ލެވެލް އިމްތިހާނުގެ ގަދަ 10އަކަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއް ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްއެވެ.

މިދިޔަ އަހަރު މޭއި އަދި ޖޫންގައި ބޭއްވި އޭލެވެލް އިމްތިހާނުގެ ގަދަ 10 އެއްގައި 187 ދަރިވަރަކު ހިމެނިފައިވާ އިރު ވަކިކަވި މާއްދާތަކުން ދުނިޔޭގެ 1 ވަނަ 6 ދަރިވަރަކު ވަނީ ހޯދާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އޭ ލެވެލް އިމްތިހާނުތަކުން ފަސް އޭ ސްޓާ އަށްވުރެ މަތިން ނަތީޖާ ހާސިލްކޮށްގެން އެޑްއެކްސްއެލްއިން ދޭ ހައި އެޗީވާ އެވޯޑް ހަތަރު ދަރިވަރަކު ހާސިލް ކުރިއެވެ.

މުޅި ރާއްޖެއިން ވަކިވަކި މާއްދާތަކުން އެއްވަނަ ހޯދި 13 ދަރިވަރަކަށްވެސް ވަނީ ރޭ އިނާމު ދީދައެވެ. މިއަހަރު ގަދަ 10 އެއްގެ އެއްވަނަ 44 ދަރިވަރުން ހޯދާފައިވާއިރު ދެވަނަ 33 ދަރިވަރުން އަދި ތިން ވަނަ ހަތް ދަރިވަރަކު ހޯދާފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ ހައި އެޗީވާސް އެވޯޑު ހާސިލް ކުރި 4 ދަރިވަރުންނާއި ވަކިން ބައްދަލު ކުރައްވާފައެވެ.