ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ގޮޑި ގެއްލޭ ގޮތަށް ގާނޫނެއް ފާސް ކުރުމަށް ވެރިކަން ކުރާ ޕީޕީއެމްއިން މިއަދު މަޖްލިސްއަށް ބިލެއް ހުށަހަޅައިފިއެވެ.
PPM MDA Joint PG Members collectively decided to submit the very first Anti-Defection Draft act to the People’s Majlis today. As Joint PGL i have submitted the draft act. pic.twitter.com/82ea7kFFRj
— Ahmed Nihan (@ahmed_nihan) March 5, 2018
ޕީޕީއެމްގެ ފަރާތުން ބިލް މަޖްލިސްއަށް ހުށަހެޅުއްވީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކުއެވެ.
ނިހާނު ވަނީ ބިލްގެ ފުރަތަމަ ގަޑުގެ ފޮޓޯއެއް ޓްވީޓު ކުރައްވައި ބިލް މަޖްލިސްއަށް ހުށަހެޅުއްވިކަމަށް ވިދާޅުވެފައެވެ.
ވެރިކަން ކުރާ ޕާޓީން މިފަދަ ބިލެއް މަޖްލިސްއަށް ހުށަހެޅުއްވި އިރު މިހާރުވެސް މަޖްލިސްގެ 12 މެމްބަރަކަށް ވަނީ މަޖްލިސްގެ ގޮޑީގެ މައްސަލާގައި މަޖްލިސް ޖަލްސާތަކަށް ނުވަދެވިފައެވެ.