"ކުއްލި ހާލަތުގެ ދަށުން" ހައްޔަރުކުރި ސިފައިންގެ ދެ އެސްޕީޖީއަކު ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ދޫކޮށްލާފައިވަނީ ސިފައިންގެ ބަންދުގައި ބޭތިއްބުމަށްފަހު އިއްޔެގެ ވަގުތެއްގައެވެ.
"ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި" ސިފައިންނާއި ފުލުހުންތަކެއް ހައްޔަރުކޮށްފައިވާ އިރު ދޫކޮށްލި ދެ އެސްޕީޖީން ދޫކޮށްލާފައިވަނީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ.
އެސްޕީޖީންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ބޮޑީގާޑާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި ބޭފުޅަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.