Last Updated: May 3, 20:26
Friday, May 3, 2024
ޚަބަރު

އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވާތާ މިހާރު ވަނީ ބައި ގަޑިއިރަށް ވުރެ ގިނަ އިރު ވެފައެވެ.

ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރ އާސިމް ވިދާޅުވީ، ހިތަދޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައި ވަނީ ހިތަދޫ ބޭރުމަތި ހިސާބުގައި އަލަށް ބެހެއްޓި ޓްރާންސްފޯމަރަށް މައްސަލަތަކެއް ޖެހުމުގެ ސަބަބުން ކަމަށެވެ.

އާސިމް ވިދާޅުވި ގޮތުގައި ފެނަކައިގެ ޓެކްނީޝަނުން ގެންދަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އަދިވެސް ހިތަދޫގެ ބައެއް ހިސާބުތަކުގައި ކަރަންޓެއް ނެތެވެ.