Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ލަންކާގައި ފުލުހުންނަށް ތިބެވޭނެ އިމާރާތެއް!

ފުލުހުންނާއި ފުލުހުންގެ ޢާއިލާތައް ބޭސް ފަރުވާއަށާއި ޗުއްޓީ ހޭދަކު ރުމަށް ޝްރީލަންކާ އަށް ގޮސް ލުއި ފަސޭހަކަމާ އެކު ތިބެވޭނެ އިމާރާތެއް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

ބޭސް ފަރުވާއަށާއި ޗުއްޓީ ހޭދަ ކުރުމަށް ޝްރީލަންކާ އަށް ދާ ފުލުހުންނާއި ފުލުހުންގެ އާއިލާތައް ތިބުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ހަމަޖައްސާފައިވާ އިމާރާތް އިއްޔެ ހުޅުއްވައި ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އެވެ.

ބޭސް ފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ޝްރީލަންކާ އަށް ދާ ފުލުހުންނާއި ފުލުހުންގެ އާއިލާތައް ލުއިފަސޭހަކަމާ އެކު ބޭތިއްބޭނެ ނިޒާމެއް ޤާއިމުކޮށް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ފަށާފައިވާ މި މަސައްކަތަކީ ދިވެހި ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީތެރި ކަމާއެކު ފަށާފައިވާ މަސައްކަތެކެވެ.