Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

"މޯލްޑިވްސް ޝޯކޭސް" ގެ ފުރަތަމަ ފެއާ ޖުލައި މަހު

ހައިރައިޒް އާއި މަޓާޓޯ ގުޅިގެން ދިވެހި ރާއްޖެ އިސްތިހާރު ކުރުމަށް ފަށާފައިވާ "މޯލްޑީވްސް ޝޯކޭސް" ކެމްޕެއިނުގެ ފުރަތަމަ ފެއާ އަވަށްޓެރި ލަންކާގައި އަންނަ ޖުލައި މަހު ފެށުމަށް ހަމަޖައްސައިފިއެވެ.

ޖުލައި 26-27 އަށް ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ތާޖު ސަމުދްރާ ހޮޓެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފެއާގައި އިޝްތިހާރު ކުރާނީ ރާއްޖޭގެ ފަތުވެރިކަމާއި ވިޔަފާރި އަދި ހުނަރުތަކެވެ.

އަދި ޝޯކޭސްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާއިރު އެފަރާތުން މައުލޫމާތުދޭ ގޮތުގައި ޝައުގުވެރިވާ ފަރާތްތަކުން 7980088 ނަމްބަރަށް ގުޅައި، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ޝޯކޭސް ސްޕޮންސަރ ކުރުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލެވިފައެވެ. މެއިން ސްޕޮންސަރ، އަދި ކޯ ސްޕޮންސަރ އަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ޝޯކޭސްގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ދެ ފަރާތަކަށް ބައިވެރިވެވޭނެއެވެ.

ހައިރައިޒް އަކީ ރާއްޖޭގައި އުފެދިފައި އޮތް އިވެންޓު މެނޭޖުކުރާ ކުންފުންޏެކެވެ. އަދި މަޓާޓޯ އަކީ ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ގުޅިގެން އުފައްދާފައި އޮންނަ ޖަމިއްޔާއެކެވެ.