Last Updated: July 12, 09:33
Saturday, July 12, 2025
ޚަބަރު

"ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ޖުޑިޝަރީ ނޮޅާ ކެއުންފަދަ ކަމެއް"

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ފޮޓޯ: ރާއްޖެއެމްވީ

ފަނޑިޔާރުންގެ ގާނޫނަށް މިއަދު ޕީޕީއެމްއިން ހުށަހެޅި އިސްލާހަކީ ޖުޑިޝަރީ ނޮޅާ ކެއުންފަދަ ކަމެއްކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބް ރައީސް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް މިއަދު މަޖްލިސްއަށް ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި މިރޭ ގާސިމް ވިދާޅުވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި އެކޯޓް ހިސޯރުކޮށް، އެކޯޓްގެ ހިސޯރު ކުރެވުނު ފަނޑިޔާރުން މަޤާމުން ދުކުރުމުމަށް ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެނައުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ހިލާފުކަމެއް ކަމުގައެވެ.

އަބްދުއް ރަހީމް މިއަދު ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ގާނޫނު ނަންބަރ 13/2010 ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ 4 ގެ ފަހަތަށް ބައެއް އިތުރު ކުރުމަށް ހުށަހެޅީ އިސްލާހެކެވެ.