Last Updated: June 11, 06:23
Thursday, June 11, 2026
ސިޔާސީ

ހުޅުމާލޭ ކޯޓްގެ ބެންޗާ ގުޅޭ އަޑު އެހުމެއް މިއަދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުުވާގެ މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކަނޑައާފައިވާ ގޮތާ ގުޅޭ ގޮތުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް އެކޯޓުން ތާވަލްކޮށްފި އެވެ.

އެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:00 ޖަހާ އިރު ހައި ކޯޓް ގަ އެވެ.

ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅުއްވާފައި ވަނީ އެ މަނިކުފާނުގެ މައްސަލަ ބެއްލެވުމަށް ޖުޑީޝަލް ސަވިސް ކޮމިޝަނުން އައްޔަންކު ރައްވާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ޤާނޫނާ ޚިލާފަށް އައްޔަން ކުރައްވާފައިވާ ބެންޗެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން، އެކޯޓުން ވަނީ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޝަރީޢަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރުއްވާފައެވެ.