Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ރ. އަތޮޅަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފި އެވެ.

ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި، އެމަ ނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ރައީސް ބައްލަވާ ލައްވާނެ އެވެ.