Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

"އެންޓި ޑިފެކްޝަން ބިލަކީ ޗޮކްލެޓް ބަންދުކުރަން ޖަހާ މަޅިއެއް"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަންގެ ބިލް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ފާޑުވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެންޓި ޑިފެކްޝަން ބިލަކީ، ޕީޕީއެމްގެ މަޖިލިސް މެންބަރުން ތަޅު އަޅުވައި، އަޅުންގެ ގޮތުގައި ޗޮކްލެޓް ބަންދުކުރަން ބައިތިއްބަން ޖަހާ މަޅިއެއް ކަމަށެވެ.

މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނެވެ.