ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ކުރި އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ހާލަތު އުވާލައި، ސިޔާސީ ގޮތުން ހައްޔަރުކުރި ހުރިހާ އެންމެން ވަގުތުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ލަންކާގައި މުޒާހަރާ އެއް ފަށައިފިއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީ ކުރިއަށްދާ މިމުޒާހަރާގައި އެގައުމުގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ.
މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ އެމްބަސީ ކުރިމަތީ އިށީނދެގެން ތިބެގެންނެވެ. އެސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ލަންކާ ފުލުހުން ވަނީ މިހާރު ހަރަކާތްތެރިވާން ފަށާފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތަކުން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.