ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރު، ޖޯން ޤައުފް ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމްއާ ބައްދަލްކުރައްވައިފިއެވެ.
އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވެވި މި ބައްދަލްކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. އާސިމް ވަނީ 1978 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ޔުނިސެފުން ރާއްޖޭގައި ހަރަކާތްތެރިވާން ފެށީއްސުރެ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންގެންދާ މުހިންމު މައްސަކަތްތައް ފާހަގަކުރައްވާފައެވެ.
އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއާ ކުޑަކުދިންނާއި އަންހެނުންގެ ހެވާލާބައަށް ޔުނިސެފުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.
މިބައްދަލްކުރެއްވުމުގައި ދެބޭފުޅުންވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ޔުނިސެފާގުޅިގެން ކުޑަކުދިންގެ ކުރިއެރުމާ، ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކާ ޔުނިސެފުން އަބަދުވެސް އެހީތެރިވާނެކަމުގެ ޔަޤީންކަން ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރ، ޖޯން ޤައުފް ވަނީ ދެއްވާފައެވެ.