މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކޮމިޝަންގެ ޓީމެެއް މާދަމާ އައްޑު އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކޮމިޝަންގެ މެމްބަރު މުހައްމަދު އަލި މަނިކު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އައްޑު އަށް މާދަމާ ފަށާ ދަތުރުގެ އެ ކޮމިޝަންގެ ޓީމް މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އައްޑޫގައި ތިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޓީމް އައްޑޫގައި ހޭދަ ކުރާ ދުވަސްތަކުގެ ތެރޭގައި އައްޑޫގެ ރަޖިސްޓްރޭޝަނާ ގުޅޭ މަސައްކަތްތަކާއި ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ބަަލައި އެކަންކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އައްޑޫގެ ރަޖިސްޓްރޭޝަނާ ބެހޭ މައުލޫމާތު ސާފު ކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އައްްޑޫގެ ރަޖިސްޓްރީ އާ ބެހޭ އެހާ ތަފުސީލް މައުލޫމާތުތަކެއް އިލެކްޝަން ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އެެހެންވެ ހާއްސަ ސަމާލު ކަމެއް ދީގެން އެ މަސައްކަތް ކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ.