Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ލަންކާގައި 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު

އަވައްޓެރި ލަންކާގައި މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުން އިތުރުވެ، ބައެއް މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކުގައި ހުޅުޖަހަމުންދާތީ އެގައުމުގައި 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއްލާންކޮށްފިއެވެ.

ކުއްލި ހާލަތު އިއްލާން ކޮށްފައިވަނީ ލަންކާއަށްދާ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް އެއް ސަރަހައްދުކަމަށްވާ ކެންޑީގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު ހަމަނުޖެހުން ފެށުމާއި ގުޅިގެންނެވެ. ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކޮށް މަގުތަކަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ.

ލަންކާގެ ބައެއް ނޫސްތަކުން ހަބަރުދޭ ގޮތުގައި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ވަނީ 24 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި މުސްލިމުންނާއި ބުޑިސްޓުން ހިމެނެއެވެ.

ލަންކާގެ އާބާދީގައި 21 މިލިއަނަށް އަރާއިރު އެގައުމުގެ އާބާދީގެ 10 ޕަސެންޓަކީ މުސްލިމުންނެވެ.

ތަފްސީލް އަންނަނީ……