Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އީސީގެ ރައީސަކަށް ޝަރީފް

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވި ފެނަކެ ކޯޕަރޭޝަންގެ ކުރީގެ މެނެޖިން ޑިރެކްޓަރު އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކޮށްފި އެވެ.

ދިކޮޅު މެމްބަރުންގެ ބައިވެރިވުމަކާ ނުލާ ކުރިއަށް ގެންދިޔަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 33 މެމްބަރުން ވަނީ ވޯޓު ދީފައިވެއެވެ. ދެކޮޅަށް ވޯޓު ދިނީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.

މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން ޝަރީފަށް ރުހުން ދީ، ނަން ފާސްކޮށްފައި ވަނީ އިންޓަވިއުކޮށް، 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ.

ޝަރީފަކީ މީގެ ކުރިން އީސީ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝަރީފު އީސީގެ މެންބަރު ކަމަށް އައްޔަން ކުރީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.