ހދ. މަކުނުދޫ ކައިރީ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައިވަނީ އެރަށުން މަހަށް ނިކުމެ އުޅުނު " އާއިލާ 2" ނަމަކަށް ކިޔާ ދޯންޏަކަށެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް ހުސެއިން ސާމީ އާއި ހަވާލާދީ ރާއްޖެއެމްވީން ބުނެފައިވަނީ ކަނޑުމަތިން ފެނުނު މީހާ އޮތީ ލައިފްޖެކެޓް އަޅުވާފައިކަމަށެވެ.
އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ސަރަހައްދަށް ދިއުމަށް ވަނީ ދަތުރު ފަށާފައެވެ.
ތަފްސީލް އަންނަނީ…