Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އެސްއޯ ޑީޑީ ހައްޔަރުކޮށްފި

ފުލުހުންގެ ކުރީގެ އެސްއޯ ކޮމާންޑަރ އިނިސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް(އެސްއޯ ޑީޑީ) ހައްޔަރުކޮށްފިއެވެ.

ޑީޑީ ހައްޔަރުކޮށްފައިވަނީ އޭނާގެ އުފަން ރަށް، ގއ.ގެމަނަފުއްޓަށް ފޮނުވާލާފައި ހުއްޓާ އަންނަން އެންގުމުން މާލެ އައިސް ފޭބިތަނުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ޑީޑީ ހައްޔަރުކުރި އިރު މިދިޔަ މަހުގެ ތެރޭގައި ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ފޮނުވައިގެން ވަނީ ޑީޑީގެ ފޯނު ހިފަހައްޓާފައެވެ.

ޑީޑީގެ އިތުރުން މިއަދު ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފްވެސް ވަނީ ހައްޔަރުކޮށްފައެވެ.