Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އަނިޔާވެރިޔަކަށް އެހީވެގެން ސަލާމަތެއް ނެތް: އާޒިމް

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން(އެސްއޯ) ޑިޕާޓްމަންޓްގެ ބައެއް ފުލުހުން ހައްޔަރު ކުރަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންނަށް އަނިޔާވެރިވުމުގެ ކުރިން ވިސްނާލުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް އެސްއޯ ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަނިޔާވެރި" ޔާމީން ބުނެގެން އައިސް ރައްޔިތުން ގައިގައި ތަޅާ ޕެޕާ ސްޕްރޭ ޖެހުމުގެ ކުރިން ވިސްނާލުމަށް އެދިވަޑައިގެންފައެވެ.

އަދި އާޒިމް ވަނީ އަނިޔާވެރިޔަކަށް އެހީ ވުމަކީ އެއްވެސް މީހަކަށް ސަލާމަތްކަން ލިބޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އާޒިމް މިގޮތަށް ވިދާޅުވެފައި ވަނީ ފުލުހުންގެ އެސްއޯގެ ކޮމާންޑަރަކު މިއަދު ހަވީރު ހައްޔަރު ކުރުމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.