ފެނަކަ ކޯޕަރޭޝަންގެ ވަގުތީ މެނޭޖިން ޑިރެކްޓަރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާޤު ހަލީމު ހަމަޖައްސައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރެވެންދެން އެކުންފުނި ހިންގުން އެމްޕީއެލްގޭ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާޤު ހަލީމުއާއި ހަވާލު ކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވެފައި މިވަނީ އެ މަޤާމުގައި މިހާތަނަށް ހުންނެވި އަހުމަދު ޝަރީފް މިއަދުއިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ޝަރީފް މިހާރު ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ.