Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލު ދެރަވި މީހާ މަރުވެއްޖެ

މ. ސިތާރާގޭގެ ތިންވަނަ ފަންގި ފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލުދެރަވި މީހާ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ބިދޭސީއެކެވެ.

ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދުމުގެ އަސަރުކޮށް ހާލު ދެރަވެގެން ވެއްޓިފައި އޮއްވައެވެ.

މިހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.