Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

"އުކާލާ ނެޕީ އަށް ފުލުހުންނާއި ސިފައިންވެގެން ނުވާނެ"

ކުރީގެ ސީޕީ އަހުމަދު އަރީފް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ --- ވީނިއުސް ފޮޓޯ/

ސިޔާސީ ވެރިން ބޭނުން ކޮށްފައި އުކާލާ ނެޕީއަށް ފުލުހުންނާއި ސިފައިންގެ އޮފިޝަލުން ވެގެން ނުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ކުރީގެ އެސްއޯ ކޮމާންޑަރ އަބްދުﷲ އިބްރާހިމް ދީދީ މިއަދު ހައްޔަރުކޮށްފައި ވަނިކޮށް އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބައެއްގެ ހާލަތު ރަނގަޅު ކުރާނީ އެބަޔަކު ކަމަށާއި، ޚާއިނުންނާއި ދެކޮޅަށް ނިކުންނަން އިތުރު ހުކުމެއް ބަހަނާއެއް ބޭނުމެއް ނުވާނެކަމަށެވެ.

2015 ވަނަ އަހަރު މޭއި މަހުގެ 1 ވަނަ ދުވަހު ބޭއްވި ބޮޑު ރެލީއަށް ފަހު ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި އަލީ ވަހީދު ވަނީ ރައީސް ޔާމީނާއި ބައިވެރިން ހައްޔަރު ކުރުމަށް ގޮވާލާފައެވެ.