މި މަހުގެ ތިން ވަނަ ދުވަހު ހއ. ނޮޅިވަރަންއިން ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ރޭ ގެންގޮސްފިއެވެ.
ޝާހިދާގެ ހަށިގަނޑު އިންޑިއާގެ ތްރަވިންތަޕޫރަމްއަށް ރޭ ފޮނުވާލާފައިވަނީ އެމަރުގައި ޝައްކުތަކެއް ހުރި ކަމަށް ފުލުހުން ބެލެވޭތީ އިތުރު ތަހްގީގު ކުރުމަށް މާލެ ގެނެސް ގަލޮޅު މޯޗަރީގައި ބޭއްވުމަށްފަހުއެވެ.
ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ފިރިމީހާ ފަތިސް ނަމާދުކޮށ ނިމިގެން ގެއަށް އައުމުންނެވެ. އޭނާ ދަންޖެހިފައިވަނީ ގިފިލި ތަރޭގައެވެ.
ކުޑަ ދެކުދިންވެސް ތިބޭ ޝާހިދާގެ މަރާއި އެކު މުޅި ނޮޅިވަރަށް މޮޅިވެފައިވާއިރު ޝާހިދާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.