Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ސީޝެލްސް ޕާލަަމެންޓްގެ ނައިބަކަށް އަފީފުދީދީގެ ދަރިކަލެއް

ދެކުނުގެ ތިން އަތޮޅުގެ ރައްޔިތުން އަދިވެސް ފަޚުރެއްގެ ގޮތުގައި ޤަބޫލުކުރާ ސުވަދީބު ޖުމްހޫރިއްޔާގެ ވެރިޔަކަށް ހުންނެވި އަބުދުﷲ އަފީފުގެ ބޭފުޅުންގެ ތެރެއިން ދަރިކަލުން އަހުމަދު އަފީފު ސީޝެލްސް ޕާލަމެންޓް (ނެޝަނަލް އެސެމްބްލީ)ގެ ޑެޕިއުޓީ ސްޕީކާގެ މަގާމަށް ހޮވިވަޑައިގެންފި އެވެ.

ސީޝެލްސްގެ ނެޝަނަލް އެސެމްބްލީގެ ނައިބު ރައީސަކަށް އަހުމަދު އަފީފު އިންތިޚާބުކޮށްފައި ވަނީ އިއްޔެ ބޭއްވި ޖަލްސާއެއްގައެވެ.

ދެކުނުގެ ތިން އަތޮޅު ހިމެނޭ ގޮތަށް އަފީފްދީދީ އިސްވެ ހުންނަވައި ސަރުކާރު އެކުލަވާލުން، އޭރުގެ ދިވެހިރާއްޖޭގެ ސަރުކާރުން ބަލާފައި ވަނީ "ބަޣާވާތެއް" ކަމަށެެވެ.

ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުން ބުނަމުން ގެންދަނީ، އެކަން އެގޮތަށް ކުރަން ޖެހުނީ، މައި ސަރުކާރުން ދެކުނުގެ އަތޮޅުތަކާއި މެދު ތަފާތުވުން ގެންގުޅުމުގެ ސަބަބުން ކަމަށެވެ.

އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި އިބްރާހިމް ނާސިރްގެ ސަރުކާރުން އަފީފު ހައްޔަރުކުރަން އުޅުނެވެ. ނަމަވެސް އިނގިރޭސިން ވަނީ އެމަނިކުފާނަށް ހިމާޔަތްދީގެން ސީޝެލްސް އަށް ގެންގޮސްފައެވެ.

ސީޝެލްސް އަށް އިނގިރޭސިންގެ ހިމާޔަތުގައި ވަޑައިގެންނެވި ފަހުން އަފީފުގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ އެ ގައުމުގެ ރަށްވެހިންގެ ގޮތުގައި އެތަނުގަ އެވެ.