Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

އެސްޕީޖީގެ ދެ އޮފިސަރަކު ވަކިކޮށްފި

ކުޑަކުދިންގެ ހަވީރެއްގައި ސިފައިންގެ އޮފިސަރަކު ހަރަކާތްތެރިވަނީ-

ސިފައިންގެ ސްޕެޝަލް ރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ އޮފިސަރަކު އަދާކު ރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފިއެވެ.

ވަކިކޮށްފައިވާ ދެ އޮފިސަރުންނަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރި ދެ އޮފިސަރުންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު، މޫސާ ޒަމީރުގެ ބޮޑީގާޑަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑު ސިމާދު އަހުމަދުވެސް ހިމެނެއެވެ.

ހައްޔަރުކޮށްފައިވަނީ ސިފައިންގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރުމާއި އެނގެން ނުޖެހޭ މައުލޫމާތު ބަޔަކަށް ފޯރުވުމުގެ ތުހުމަތުގައެވެ. ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންގޮސް، އެތަނުގައި ބަންދުކުރުމަށް ފަހު ޅުލޭގައި ހުންނަ ސިފައިންގެ މަރުކަޒުގައި ބަންދުކޮށް، އަމިއްލައަށް އިސްތިއުފާ ދިނުމަށް ދެ މީހުންނަށްވެސް ހުށައެޅި ކަމަށް އެނގިފައިވެއެވެ.

ނަމަވެސް އިސްތިއުފާ ދިނުމަށް ދެކޮޅު ހެދުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސިފައިންނާއި ފުލުހުންގެ އޮފިސަރުން ހައްޔަރުކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.