ފަސް ނުޖެހި ފުލުހުންގެ ވާޖިބު އަދާ ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަލްއުސްތާޒާ އާއިޝަތު ބިޝާމް ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ދ. ވާނީގައި ކުރިއަށް ގެންދިޔަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ 29 ވަނަ ބުރު ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ބިޝާމް ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ޝަރަފްވެރި މަަސައްކަތެއް ކަމަށެވެ.
ފުލުހުންގެ ހުވަޔާއި އެއްގޮތަށް ކެރުމާއި އެކު ގާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ ވާޖިބެއްކަމަށާއި، ގައުމު ބިނާ ކުރުމުގައި ފުލުހުންގެ ވަރަށް ބޮޑުކަމަށް ޕީޖީ ބިޝާމް ވިދާޅުވިއެވެ.
ޕޮލިސް އެކަޑަމީގެ 29 ވަނަ ބުރުން 100 ފިރިހެނުންނާއި 19 އަންހެނުން ބައިވެރިވި އެވެ. ތަމްރީން ކޯހުގައި 99 ފުލުހަކު ސެޓްފިކެޓް ހާސިލްކުރި އެވެ.