Last Updated: June 28, 11:04
Sunday, June 28, 2026
ޚަބަރު

އައްޑޫގައި ޓްރެފިކާ ހިލާފުވި 33 މީހަކަށް ފިޔަވަޅު

އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން އެންމެ ފަހުން ކުރިއަށް ގެންދިޔަ އޮރޭޝަނުގައި 143 އުޅަނދު ބަލައި ފާސްކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފްވެފައިވާ 33 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ 5 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ، އައްޑޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި، އުޅަނދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވެ އެވެ.