Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އަންހެނުންގެ ދުވަހު އަންހެނުންގެ ހިނގާލުމެއް

އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ބޭއްވި ހިނގާލުން،

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން މާދަމާ ހެނދުނު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަހގަ ކުރުމުގެ ގޮތުން މާދަމާ ހެނދުނު 6:45 ގައި ހާއްސަ ހިނގާލުމެއް ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒު ކުރިމަތިން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ޝިފާ ވިދާޅުވީ މާދަމާގެ ސުލްހަވެރި މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝިފާ ވަނީ ގޮވާލައްވާފައެވެ.

މާދަމާގެ ހިނގާލުމާއި ގުޅޭގޮތުން ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ އާމިނަތު ނާދިރާ ވިދާޅުވީ މި ހިނގާލުމަކީ ހަމައެކަނި އަންހެނުން ބައިވެރިވާ ހިނގާލުމެއް ނޫންކަމަށާއި ވީހާ ގިނަ ފިރިހެނުންވެސް ހިނގާލުމުގައި ބައިވެރިވުމަށެވެ.

މާދަމާގެ ހިނގާލުމަކީ ސިޔާސީ ހިނގާލުމެއް ނޫންކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.