Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ ޓްވިޓަ އޮޕަރޭޓް ކުރަނީ މުލިއާގެއިންތޯ ސުވާލު އުފައްދައިފި

ދިވެހި ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓް ހިންގަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލިއާގެއިން ތޯ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލ ނިޒާރު ސުވާލު އުފައްދަވައިފިއެވެ.

ނިޒާރު މިގޮތަށް ސުވާލު އުފައްދާފައި މިވަނީ، މިފަހަކަށް އައިސް ފުލުހުން ކުރާ ޓްވީޓްތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ ޓްވިޓަރ އެކައުންޓް ހިންގަނީ މުލިއާގެއިންތޯ ނިޒާރު ސުވާލު އުފެއްދެވި އިރު މުލިއާގޭގައި ޕީޕީއެމްގެ ބައްދަލުވުންތައް ވަރަށް ގިނައިން ބާއްވާއެވެ.