Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އެންޓި ޑިފެކްޝަން ބިލާ މެމްބަރުން ދެކޮޅެއް ނޫން: ނިހާން

އަހުމަދު ނިހާން ހަސަން މަނިކު ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން މަޖްލިސްއަށް މިހާރު ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލަށް ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ފުރިހަމަ ތާއިދު އޮތް ކަމަށާއި ބިލް ބޮޑު ތަފާތަކުން ފާސް ކުރާނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާނު މިހެން ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން އިއްޔެ ބޭއްވި ޖޮއިންޓް ޕީޖީ ގްރޫޕް ބައްދަލުވުމުގައި އެންޓި ޑިފެކްޝަން ބިލާ މެދު މަޝްވަރާ ކުރެއްވި ގިނަ މެންބަރުން އެ ބިލު ފާސްކުރުމާ ދެކޮޅު ހެއްދެވި ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

ނިހާނު ވިދާޅުވީ ބިލާއި ދެކޮޅު ހެއްދެވީ ދެ ތިން މެމްބަރުން ކަމަށާއި، 99 ޕަސެންޓް މެމްބަރުންގެ ތާއިދާއި އެކު ބިލް ފާސް ކުރާނެކަމަށެވެ.

ނިހާން ވިދާޅުވީ ހިޔާލު ތަފާތުވި މެމްބަރުންގެ މައްސަލައަކަށް ފާހަގަ ކުރެއްވީ މެމްބަރުން ގޮޑި ގެއްލޭ ކަމުގެ ގަވާއިދު ހަދަން އިލެކްޝަން ކަމިޝަނަށް ބާރު ދީފައި އޮންނަ މާއްދާއެވެ. ނަމަވެސް އެކަންކަން ކޮމެޓީ މަރުހަލާ ނިމިގެންދާއިރު ހައްލު ކުރެވިގެންދާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިއްޔެގެ ޕާލިމެންޓްރީ ގްރޫޕް ބައްދަލުވުމަށް 36 މެމްބަރުން ވަޑައިގެންނެވި އިރު އިރު އޭގެތެރެއިބް ބިލާއި މެދު މައްސަލަ ޖެއްސީ ދެތިން ބަޔަކު ކަމަށެވެ. އަދި އެގޮތަށް އެކަން ވާން ޖެހޭނެކަމަށް ނިހާން ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލް މަޖްލިސްއަށް ހުށަހެޅުއްވީވެސް ނިހާންއެވެ، މި ބިލަށް ތާއިދު ކުރައްވާކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހިމް ޝަރީފް ވަނީ ވިދާޅުވެފައެވެ.