Last Updated: April 18, 15:32
Thursday, April 18, 2024
ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް ޔުވެންޓަސް ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ރައުންޑުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްއާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-2 އިން ޔުވެންޓަސް ކާމިޔާބުކޮށް ކުއާޓާފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޔުވެންޓަސް މެޗު ކާމިޔާބުކުރީ ޓޮޓެންހަމުން 39 ވަނަ މިނެޓުގައި ގޯލު ޖަހައި، ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި މޮޅުވެގެންނެވެ. ޓޮޓެންހަމްގެ ލަނޑު ޖަހާފައިވަނީ ހިއު މިންގް ސޮން އެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ ސޮންގެ ގޯލާއެކު ސްޕާސް ކުރީގައި އޮވެގެންނެވެ. ނަމަވެސް 64 ވަނަ މިނެޓުގައި ހިގުއެއިން ޖެހި ލަނޑާއެކު ނަތީޖާ އެއްވަރުކޮށް، 67 ވަނަ މިނެޓުގައި ޑިބަލާ ވަނީ ލީޑު ނަގާދީފައެވެ.

މެޗުގައި އިތުރު ލަނޑެއް ނުޖެހި އެގްރިގޭޓުން 3-4 އިން ޔުވެންޓަސް މޮޅުވެ ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.