Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އަންހެނުންގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން އިންތިޒާމް ކުރި ސުލްހަވެރި ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފިއެވެ.

ހެނދުނު 6:45 ގައި ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒު ކުރިމަތިން ފަށަން އޮތް ހިނގާލުމަށް ފުލުހުން ހުރަސް އެޅީ ކީއްވެގެންކަން ބުނެފައި ނުވެއެވެ.

ފުލުހުން ވަނީ ހިނގާލުން ފެށުމުގެ ކުރިން އެ ސަރަހައްދު ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ.

ގިނަ އަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވި މިހިނގާލުން ހުއްޓުވުމާއި ގުޅިގެން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ އަންހެނުންގެ އަޑު އެހުމަށް ސަރުކާރުން ޖެހިލުންވާ ވަރު އެނގިގެން ހިނގެއްޖެ ކަމަށެވެ. ނަމަވެސް އަންހެނުން ތިބީ ހާސިލުކުރަން ފަސްޖެހުމެއް ނެތި ކުރިއަށް ދިއުމަށް ކަމަށެވެ. "އަޑު މަޑުކޮށްގެން ގެންދިއުމަށް ރޭވި ހަރަކާތް ގެންދާނީ އަޑު ހަރުކޮށް،" ޝިދާތާ ވިދާޅުވި އެވެ.

ފުލުހުން ހިނގާލުމަށް ހުރަސް އެޅުމުން ހިނގާލުމުގެ ބައިވެރިން ވަނީ އެސަރަހައްދުގައި ތިބެގެން ޝުއޫރު ފާޅުކޮށްފައެވެ.