Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ސާބެ، އިލްޔާސް އަދި ހަސަންޓޭ ހައްޔަރުކޮށްފި

އިދިކޮޅު އެމްޑީޕީގެ މައި އޮފީހަށް ފުލުހުން ވަދެ އެޕާޓީގެ ބައެއް މެމްބަރުންތަކެއް ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

ފުލުހުން މިކަމާ ގުޅިގެން މިހާތަނަށް ހާމަކޮށްފައިވަނީ، މެމްބަރުން ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ހައްޔަރުކުރި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު(ހަސަންޓޭ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީ އޮފީސް ތެރެއަށް ވަދެގަނެ ފުލުހުން ވަނީ މިދިޔަ މަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްވެސް ހައްޔަރުކޮށްފައެވެ. އަދި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުވެސް ވަނީ ހަރުގެ ކައިރިން މިދިޔަ މަހު ހައްޔަރުކޮށް، ބަންދުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އެމްޑީޕީ އޮފީހަށް ވަދެފައިވަނީ ޕާޓީގެ ބައްދަލުވުމެއްވެސް ކުރިއަށް ދަނިކޮށެވެ. އެމްޑީޕީން ބުނެފައިވަނީ ފުލުހުން ތިން މީހުން ހައްޔަރުކޮށްގެން ގެންދިޔައިރު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައިނުވާ ކަމަށެވެ. އަދި ހަމައެކަނި ހާމަކުރި މައުލޫމާތަކީ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްވެސް އެމްޑީޕީން ބުންޏެވެ.