"ކުމްކުމް" ފަދަ ޓީވީ ސިލްސިލާތަކުންނާއި "އިންޑިއަން އައިޑްލް" އާއި "ކުޗް ކަރް ދިކާނާ ހޭ"، "ކުލްޖާ ސިމްސިމް" ފަދަ ރިއަލިޓީ ޝޯތައް ހުށަހަޅާފައިވާ ޓީވީ އެކްޓަރު ހުސެން ކުވަޖްރެވާލާ ވެސް ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އޭނާގެ ފުރަތަމަ ފިލްމަކީ މި މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ޝްރީ" އެވެ. ރާޖޭސް ލިޔެ، ވިކްރަމް ޝާހް ޕްރޮޑިއުސްކޮށްފައިވާ "ޝްރީ" އަކީ ސަންސްޕެންސް ތްރިލާއެކެވެ.
މި ފިލްމުން ހުސެންގެ އިތުރުން މުހިއްމު ރޯލްތައް ކުޅެފައި ވަނީ ސޮނީ ޓީވީން ދައްކާ "ކޮމެޑީ ސާކަސް" އިން ފެންނަ ޕަރޭޝް ގަނަތުރާ އާއި "ދިއްލީ އިން އަ ޑޭ ފޭމް" އިން ފެނިގެން ދިޔަ އަންޖަލީ ވެސް ފެނިގެން ދާނެ އެވެ.
ފަހަކަށް އައިސް ޓީވީ ޝޯތަކުން ފެންނަ ގިނަ ފަންނާނުންތަކެއް އަންނަނީ ބޮލީވުޑަށް ނިކުންނަމުންނެވެ. އަދި މީގެ ތެރެއިން ބައެއް ފަންނާނުން ވަނީ ބޮޑު ސްކްރީނަށް ނިކުމެ ބޮޑު ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ.
އޭގެ ތެރޭގައި "ކަހީތޯ ހޯގާ" އިން މަޝްހޫރުވި ރަޖީވް ކަންޑަލްވާލް (ސޫޖަލް) އާއި "ޕަވިތުރަ ރިޝްތާ" އިން ފެނިގެން ދިޔަ ސުޝާންތު ސިންގް ފަދަ ތަރިން ހިމެނެ އެވެ.