ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން، އެކޮމިޝަނުގައި މަސައްކަތް ކުރާ އަންހެން ބޭފުޅުން ވިހެއުމުން ދޭ ތިން މަސް ދުވަހުގެ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރުމަށް ނިންމައިފިއެވެ.
އަދި އަންހެން ކަނބަލުން ވިހެއުމަށްފަހު ގާތުން ކިރު ދިނުމަށް ދޭ ބްރޭކުވެސް ދެ އަހަރު ދުވަހަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އެ ބްރޭކު މިހާރު ވިހެއުމަށް ފަހު އަހަރެއް ވަންދެން ލިބޭއިރު ކަނބަލުންނަށް އިތުރު ލުޔެއް ދިނުމަށް އެ މުއައްސަސާއިން ވަނީ ބްރޭކު އިތުރު އެއް އަހަރަށް އިތުރުކޮށްފައެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ޖެންޑާ މިނިސްޓްރީން ވަނީ އަދިވެސް ދިވެހި ރާއްޖޭގައި ގެވެށި އަނިޔާ ލިބެމުންދާ އަންހެނުން އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.