Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ރައީސް އަޒަލު ކުރެވޭ ވަރަށް ވޯޓެއް ނުލިބޭނެ: އަދުރޭ

އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީން އަޒަލު ކުރަން ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތު މަޖްލިސް ތެރެއިން ނުލިބޭނެ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު ކޯޓު އަމުރަށްފަހު ކޮންމެ ދުވަހަކު ޕީޕީއެމްއިން ބާއްވަމުން އަންނަ ނޫސް ކޮންފަރެސްގެ ތެރެއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ މަޖްލިސް ތެރެއިން ރައީސް ޔާމީން އަޒަލު ކުރުމަށް ބޭނުންވާ 57 މެމްބަރުންގެ ވޯޓެއް ނުހޯދޭނެކަމަށެވެ.

އަދުރޭ ވިދާޅުވީ އެފަދަ ވޯޓެއް ފެއިލް ކޮށްލުމަށް ޕީޕީއެމް/ އެމްޑީއޭ ކޯލިޝަން މެމްބަރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައިވެސް އަދުރޭ ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަށް ފާޑު ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ރައީސް ނަޝީދު ދުއްވި އޮޑި ފަރަށް އަރައިގެން ދިޔަ ގޮތަށް އަޅުގަނޑުމެންގެ އޮޑި ފަރަކަށް ނާރާނެކަމަށެވެ.