Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ލެކިއުޓް މާޖިދު ހައްޔަރުކޮށްގެން ދޫނިދު އަށް

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ލެކިއުޓްގެ އެއް ހިއްސާދާރު އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފިއެވެ.

މާޖިދު ހައްޔަރުކޮށްފައިވަނީ ރޭ 11 ޖަހާކަށްހާއިރު އޮލިވް ގާޑުގައި އިންނަވަނިކޮށް އެސްއޯ ފުލުހުން ގޮސްއެވެ.

މާޖިދު އަކީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތުހާބްގެ އެމްޑީޕީ މެނޭޖަރއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް މައުލޫމާތުލިބެއެވެ.

ރޭ މާޖިދު ހައްޔަރު ކުރި އިރު އިއްޔެ މެންދުރު އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ހަސަން އަހުމަދު (ރ.އަލިފުށީ/ހަޒާރީގެ)، އިލްޔާސް ލަބީބް (ސ.ހުޅުދޫ/ ބްލޫ ސްކައި)، އަހްމަދު ޝާހިދު (މއ. ޗަނބޭލީގެ) އަދި ހުސައިން އިލްހާމް (ގ.ޗަނބޭލީގެ) ވަނީ ހައްޔަރު ކޮށްފައެވެ.

ރޭ ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި ބުނެފައިވަނީ އެމީހުން ހައްޔަރުކޮށްފައިވަނީ މާލެ ތެރޭގައި ހުޅުޖަހައި ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް މީހުން މަގުމައްޗަށް ނެރެ އަމަން ނަގާލުމުގެ ތުހުމަތުގައިކަމަށެވެ. އަދި އިތުރު މީހުން ހޯދަމުން އަންނަ ކަމަށް ރޭ ފުލުހުން ވަނީ ބުނެފައެވެ.