Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އައިޓީބީގައި ރާއްޖެ އަށް ދެ އެވޯޑެއް ލިބިއްޖެ

ރާއްޖެއަށް ލިބުނު އެވޯޑާ އެމްއެމްޕީއާރުސީގެ ފަރާތުން ހަވާލު ވަޑައިގަންނަވަނީ- ފޮޓޯ: އެމްއެމްޕީއާރުސީ

ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ކަމުގައިވާ އައިޓީބީ ފެއާގައި ދިވެހިރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

އައިޓީބީ ކުރިއަށްދާ މާލަމްގައި ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާ ހަވާލު ކޮށްފައިވަނީ ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލްތަކަށް ޑީއެސްއައި އިން ދީފައިވާ ދެ އެވޯޑެކެވެ. އެގޮތުން ރާއްޖެ އަށް އެ ދެ އެވޯޑް ލިބިފައި ވަނީ އޭޝިއާ ބައްރުގެ ކެޓަގަރީއާއި ބީޗެސް ކެޓަގަރީ އިންނެވެ.

މި އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

ރާއްޖެ އަށް މީގެ ކުރިން ވެސް ވަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.

ބާލިންގެ މެސީ ބާލިން ކޮންވެންސަން ސެންޓަރުގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެ އެވެ.