Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސް، ވަޅުލައިފި

ހދ. ނޮޅިވަރަމް، މަންޒަރުގެ ޝާހިދާ އަލީ ދިރިއުޅުނު ގެ

މި މަހުގެ ތިން ވަނަ ދުވަހު ހއ. ނޮޅިވަރަންއިން ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފިއެވެ.

އެނގިފައިވާ ގޮތުގައި ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ޝާހިދާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ފުލުހުންނަށް ބެލެވޭތީ އިތުރު ތަހުޤީޤު ކުރުމަށް މާލެ ގެނެސް ގަލޮޅު މޯޗަރީގައި ބޭއްވުމަށްފަހު، ޝާހިދާގެ ހަށިގަނޑު ވަނީ އަންގާރަ ދުވަހު ތިރުވަނަންތަޕޫރަމް އަށް ފޮނުވާލާފައެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ފިރިމީހާ ފަތިސް ނަމާދުކޮށް ނިމިގެން ގެއަށް އައުމުންނެވެ. އޭނާ ދަންޖެހިފައިވަނީ ގިފިލި ތަރޭގައެވެ.

ކުޑަ ދެކުދިންވެސް ތިބޭ ޝާހިދާގެ މަރާއި އެކު މުޅި ނޮޅިވަރަށް މޮޅިވެފައިވާއިރު ޝާހިދާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ޝާހިދާގެ މަރާއި ގުޅޭ ގޮތުން ފުލުހުން ޝާހިދާގެ ފިރިމީހާ އާއި ސުވާލު ކުރިއެވެ، ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

"ވަގުތު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ޝާހިދާގެ ހަށިގަނޑު ގެނެސް, ވަޅުލާފައިވަނީ ފަތިސް ނަމާދަށް ފަހު ހެނދުނު 6:15 ހާއިރުއެެވެ.